ބަނާނާ މަފިންސް ތައްޔާރު ކޮށްލުމަށް ބޭނުންވާނެ ތަކެތި:

Ads by Asuru

އެއް ޖޯޑު ފުށް

ސައިސަމުސާ ބޭކިން ސޮޑާ

ސައިސަމުސާ ލޮނު

3/1 ޖޯޑު އަންސޯލްޓެޑް ބަޓަރު

3/1 ޖޯޑު ހަކުރު

އެއް ކުކުޅު ބިސް

3/1 ސައިސަމުސާ ވެނިލާ އެސެންސް

ޗަސްކޮށްފައިވާ 2-3 ދޮންކެޔޮ

3/1 ޖޯޑު ބަޓާ މިލްކް

2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް، ލޮނު އަދި ބޭކިން ސޮޑާ ބޯތައްޓަކަށް އަޅައި، ބަޓަރުކޮޅުގެ ތެރެއަށް ހަކުރު އެޅުމަށްފަހު މަޑު ރީނދޫ ކުލައަކަށް ބަދަލުވަންދެން އެއްކުރާކުރާށެވެ.

ދެން އެއްް ކުރި ބަޓަރުގެ ތެރެއަށް ބިހާއި ވެނިލާ އެސެންސް އަޅައި މަޑުމަޑުން އެއް ކުރާށެވެ. އެއަށްފަހު ޗަސްކޮށްފައިވާ ދޮންކެޔޮލާއި ބަޓާ މިލްކް މީގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއް ކުރާނީއެވެ. އަދި ކުރިން ވަކި ބޯތައްޓަކަށް އެޅި ބޭކިންސޮޑާ އާއި ފުށާ ލޮނު، ގިރި ހުރިހާ އެއްޗެއްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ދެން މަފިން ފިހަން ބޭނުންކުރާ ތަށީގެ މެދެއްހާ ހިސާބަށް އެޅުމަށްފަހު އޭގެ މައްޗަށް ޗޮކްލެޓް ޗިޕް ބުރުވާލާށެވެ.

ދެން ދޮންކޮށްފައިވާ އަވަނުގެ ދޮން 175 ޑިގްރީގައި ބެހެއްޓުމަށްފަހު 20-25 މިނިޓް ވަންދެން ފިހެލާށެވެ.