މާފަރު އެއަރޕޯޓް ފޭސް 2 ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.

Ads by Asuru

ޑިވެލޮޕްމަންޓް އެންޑް އެކްސްޕެންޝަން އޮފް މާފަރު އެއަރޕޯޓް ފޭސް 2 އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން Boeing 777-ER300 މަރުކާގެ ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ރަންވޭ ބޮޑުކުރުމާއި، ރަންވޭ އިތުރު 650 މީޓަރ ދިގުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މިހާރު ބޭނުން ކުރެވޭ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޓެކްސީވޭ ފުޅާ ކުރުމާއި، AGL އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.