ރޭ ވެރިރަށް މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާ ކާބޯތަކެތި ހަަޖައްސައިދީފިއެވެ.

Ads by Asuru

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ކުރި ޓްވީޓެއްގައި ބުނީ ހ. ހިރިޔާ ގޭގެ ތިނެއް އޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެތަނުގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން މިހާރުވަނީ ހަމަޖައްސައިދެވިފައި ކަމަށެވެ.

އަލިފާންް ރޯވީ ހެންވޭރު ހިރިޔާގޭގެ ތިން ވަނަ ފަންގިފިލާގައެވެ. އެމްއެންޑީފުން ބުނީ ހިރިޔާ ގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަރު 3:57 އެހާކަންހާއިރު ކަމަށެވެ.

އަލިފާންގަނޑު ނިއްވައި ލެވުނީ ފަތިހު 4:23 ހާއިރު ކަމަށެވެ. އެ ހާދިސާގައި އޭގައި ވަރަށް ބޮޑަށް ރޯވެ، ގޭގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.