އައްޑޫ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްސާކޮށްފިއެެވެ.

Ads by Asuru

އެ ކުންފުނިން ބުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބެކް ފިލިން ގެ މަސައްކަތްތަކާއި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ބެކް ފިލިން އަދި ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމާއި ބެކްފިލިންގެ މަސައްކަތްތަކަށް އަދި ޖިއޯ ބޭގްސްއަށް އެޅުމަށް 4،430 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 147 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ގިރުމުގެ މައްސަލަ ބޮޑުވެފައިވާ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް 3 ގައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 4 މިލިއަން ރުފިޔާއަށެވެ.