ރައްޔިތުން މިހާރު ގަބޫލުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ކޮރަޕްޓް ވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ އެންޓި ކޮރަޕްޝަން ދުވަހުގެ ހިތާބުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލަކަށް ވިޔަސް ނުރުހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ އުޝާމް ވަނީ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކާ ބޮޑެތި ތުހުމަތުތަކުގައި ތަހުގީގުކުރެވޭ ފަރާތްތައް މިސަރުކާރުގެ އެންމެ އިސްމަގާމުތަކުގައި އެހާ ގިނައީ އެހެންވެތޯ ސުވާލު އުފައްދަވާފައެވެ.

”ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް.“ އުޝާމްގެ ޓްވީޓްގައިވެއެވެ.