ހދ.ނޮޅިވަރަމްގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ނޮޅިވަރަމްގައި މީހަކު މަރާލާފައި އުޅޭ ކަމަށް ބުނެ މިއަދު މެންދުރު 12:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މަޢުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސް ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި އެމީހާ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެއީ 28 އަހަރުގެ ދިވެހި އަންހެނެކެވެ. މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.