ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރި 3000 ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައިކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މާލޭގައި ބޭނުން ކުރުމަށް މަގުމަތީގައި ހަރު ކުރާ 3000 މަގު ބައްތި ސިޓީ ކައުންސިލަށް ހަދިޔާ ކުރީ މިއަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.

ޑރ. މުއިއްޒު ވިދާޅީ ގޯތި ބަހައިގެން ހަދާފައިވާ ގޯޅިތަކާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ) އިން ހަދާފައިވާ މަގުތަކުގެ ބައިތަކާ ރިންގް ރޯޑް ފިޔަވާ ހުރިހާ މަގަކާއި ގޯޅި އެއްގެ ލައިޓްސްވަނީ ބަދަލު ކުރެވިފައިކަމަށެވެ.

މީގެ އިތުރުން, މަގުތަކުގައި ލައިޓްސްތައް ދުރުދުރުގައި ހުންނަ ސަރަހައްދުތަކުގައި އަދި ލައިޓްސް މަދު ލައިޓް ޕޯލްސްތައް ޖަހާ އަލި ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ

ޗައިނާގެ ސަރުކާރުން ހަދިޔާ ކުރި ބައްތިތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހަވެ، ރައްކާތެރިކަން އިތުރުވާނެ ކަމަށް މޭޔަރު ކުރިން ވިދާޅުވެފައިވެއެވެ.