ހދ. ނޮޅިވަރަމުގައި އުމުރުން 28 އަހަރުގެ ޒުވާން އަންހެނަކު މަރުވެފައި އޮއްވާ ފެނުމާ ގުޅިގެން، އެ އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރަނީ، އޭނާގެ ފިރިމީހާއަށްކަން އެނގިއްޖެއެެވެ.

Ads by Asuru

މަރުވެފައި އޮއްވާ ފެނުނީ ނޮޅިވަރަމު ނިޝާމާ މުހައްމަދެވެ. ނިޝާމާ މަރުވެފައި އޮއްވާ ފެނުނު ފަހުން، އޭނާގެ ފިރިމީހާ ވަނީ އަމިއްލައަށް ހދ.ކުޅުދުއްފުށީ ފުލުހުންގެ އިދާރާއަށް ގޮސް، އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. ނިޝާމާގެ ފިރިމީހާއަކީ އދ. ފެންފުށީ ފައިސަލް އަލީއެވެ.

މީނާ ހައްޔަރު ކުރިކަން ފުލުހުން އަދި މިހާތަނަށް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް ނޮޅިވަރަމުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރު ކުރީ ކުޅުދުއްފުށިން ކަމަށެވެ.

އަނބިމީހާ މަރުވުމުން، އަބޫބަކުރު ކުއްލި ގޮތަކަށް ފުރައިގެން ދިޔައިރު، އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ދުނިޔޭގައިވެސް އެބަތިއްބެވެ.