ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ވަޑައިގެންފިއެވެ.

Ads by Asuru

ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންފައިވަނީ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ، ގދ. ފަރެސްމާތޮޑާ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ، ހުވަދޫ ސްކޫލުގައި ގދ. ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާއިވެސް ބައްދަލު ކުރައްވާފައެވެ.

އެގޮތުން މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

ފަރެސްމާތޮޑާ ދަތުރުފުޅަށްފަހު ރައީސް ސޯލިހު އެނބުރި މާލެވަޑައިގެންފައިވާއިރު އެމަނިކުފާނު މިއަދު ޤަތަރަށް ފުރާވަޑައިގަންނަވާނެއެވެެ.