ހދ. ނޮޅިވަރަމުގައި މާރާލާފައި އޮއްވާ ފެނުނު، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަމިއްލައަށް މަރުވާން އުޅެފިއެވެ.

Ads by Asuru

ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ، އޭނާގެ ފިރިމީހާ އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް 32،އެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 11:15 ހާއިރު ފެނިފައިވާ ކަމަށެވެ.

އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ނިޝާމާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ޕޯސްމޯޓަމް ހެދުމަށް ފުލުހުންގެ ތަހުގީގު ޓީމުން ވަނީ ނިންމާފައެވެ.