އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަން އީސީ) އިން އަންނަ ވަމުން ތައްޔާރީތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީއާ ބައްދަލުކޮށްފިއެވެ.

Ads by Asuru

އެ ބައްދަލުވުމުގައި އީސީގެ އިސް ބޭފުޅުން ވަޑައިގެންނެވި އިރު، ޑިފެންސް މިނިސްޓްރީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރު އަހުމަދުދީދީއެވެ.

ބައްދވުމާ ގުޅޭ ގޮތުން އީސީން ބުނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަން ޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީއާ އެކު މަޝްވަރާކުރެވުނު ކަމަށެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުތަކުގައި އަބަދު ވެސް ސަލާމަތީ ބާރުތަކުގެ އެހީ އެކި ކަންކަމުގައި ހޯދައެވެ.

ހާއްސަކޮށް އިންތިހާބުތައް އަމާންއޮމާން ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން އިންތިހާބުގެ ވޯޓް ފޮށިތައް އެކި ތަންތަނަށް ގެންދިއުން ފަދަ ކަންކަމުގައި ވެސް ސަލާމަތީ ބާރުތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.