ލ. ގަމުގައި 700 މީހުންގެ ޖާގައިގެ ޒަމާނީ އާ މިސްކިތެއް ބިނާކުރަން ސަރުކާރުން ނިންމައި، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by Asuru

ގަމު ތުނޑީ އަވަށުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީން ހަވާލުކުރީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

ފެޑޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

މި މިސްކިތަކީ ސަރުކާރުން 16.8 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތެކެވެ. މިސްކިތް ނިންމަން ޖެހެނީ މަސައްކަތް ފަށާތާ އަހަރެއްގެ ތެރޭގައެވެ.