ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުން އަންނަ ކުޑަގިރި އަށް މުވައްޒަފުން ނަގަން ނިންމައިފިއެވެ.

Ads by Asuru

މި ރަށަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ހިއްކައިގެން ތަރައްގީކުރި ރަށެކެވެ.

މި ރަށުގެ އެކި ވަޒީފާތަކަށް މީހުން ނަގަން އޯޕަން ޑޭއެއް އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުންޏެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް އެ ކުންފުނީގެ ހެޑް އޮފީހުގައި އޯޕަން ޑޭ ކުރިއަށް ދާނެއެވެ.

ކުޑަގިރި އަށް 17 ދާއިރާއަކުން މުވައްޒަފުން ނަގަން ހަމަޖެހިފައިވެއެވެ. އަދި މަގާމުތަކުގެ މުސާރަތައް އުޅެނީ 8،500-23،500 ރުފިޔާ އާ ދެމެދުގައެވެ.