ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުވުން އޮތީ މެންދުރު ފަހު ކައުންސިލް އިދާރާގަ އެވެ.

އެ ބައްދަލުވުމުގައި އައްޑޫގެ ބައެއް ކައުންސިލަރުން ބައިވެރިވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އައްޑޫގައި ކުރިއަށްދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތު ސާފު ކުރައްވައި، ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ސާފު ކުރައްވައިފައެވެ.

ފައިސަލް އައްޑު އަށް ވަޑައިގަތީ މިއަދު ހެނދުނެވެ.

އެގޮތުން މިއަދު ހުޅުމީދޫ ސިއްހީ މަރުކަޒުގައި މުޅިން އާ ހަ ހިދުމަތެއް ފެށުން އިފުތިތާހުކޮށް ދެއްވުމުގެ އިތުރަށް ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް އަށް ވެސް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ބައްލަވާލެއްވިއެވެ.