މާލޭގެ އެއްވެސް ސަރަހައްދެއްގައި ކްރިސްމަސް ދުވަހާއި ގުޅިގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

Ads by Asuru

ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކި ގައުމުތަކުގައި މިއަހަރުގެ ކްރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ކަމުގައިވިޔަސް ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަކީ އެ ކައުންސިލުން ހިތްވަރުދޭކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެފަދަ އަމަލުތައް މާލޭ ސިޓީގައި ހިންގުމަކީ އެ ކައުންސިލުން ހުއްދަދޭނެވެސް ކަމެއް ނޫންކަން ޙާމަކޮށް އެ ކައުންސިލުންވަނީ މާލޭ ސިޓީގެ އެއްވެސް ތަނެއްގައި އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.