ލ.ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.

Ads by Asuru

ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.

ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫއު އެއް އަހަރުގެ ތެރޭގައި ނިންމަންޖެހޭ އިރު މަޝްރޫއުގެ އަގަކީ 84.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެއެވެ.