މި ސަރުކާރުން ފޮރިން މިނިސްޓަރު ޝާހިދަށް އެރުވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި ސަރުކާރުން ފޮރިން މިނިސްޓަރު ޝާހިދަށް އަރުވާފައިވަނީ ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފެވެ.

ޝާހިދުގެ ލަގަބު، ޕީޕީއެމްގެ ސަރުކާރެއްގައި އަތުލާނެ ކަމަށް ޖަމީލު ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ ފައިސާ ފެލާލީ ކުރީގެ ސަރުކާރުގެ ބޭފުޅުން ކަމަށާއި، ރައީސް ޔާމީންގެ ގެކޮޅު އަޅާފައި ހުރީ ފެލާލި ފައިސާ އިން ކަމަށް ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.

ޖަމީލު ވަނީ ޝާހިދު އިބްރާހިމީ މިސްކިތް ކުރިމަތިން ގެ އެޅީ ބޮލުގައި ރުމާއަޅައިގެން ކުރި މަސައްކަތުންތޯ އާއި ކުރީގެ ރައީސް މައުމޫން ދައުރުގައި ރައީސް އޮފީހުން ސިޓީ ވިއްކި މީހަކު ހުރި ކަމަށްވޭތޯވެސް އައްސަވާފައެވެ.

”އެރުވި ނުޙައްގު ލަގަބް ޕީޕއެމްގެ ސަރުކާރެއްގައި ބާތިލްކުރެވޭނެ.“ ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވަނީ ކާޕެޓަށް ވީ ކިހިނެއްތޯވެސް ޝާހިދާ ސުވާލު ކުރައްވައިފައެވެ.