ހއ. އުލިގަމުގައި ކުޅެން އުޅެނިކޮށް ގޯލް ޕޯސްޓެއް ގައިމައްޗަށް ވެއްޓިގެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހއ. އުލިގަމު ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުއްޖެއްގެ ބޮލަށް ގޯލު ޕޯސްޓެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދުގެ 17:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކުއްޖާ އަކީ އުމުރުން 9 އަހަރުގެ ކުއްޖެއް ކަމަށެވެ.

Ads by Asuru

އަދި އުލިގަމު ސިއްހީ މަރުކަޒުގައި އެކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.