އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

އެ ހުކުމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ބޮޑެތި ވަގުން ތިބީ ގޭގައި ކަމަށާއި އަދި އަނެއް ބަޔަކު ތިބީ ރާއްޖޭން ބޭރުގައި ކަމަށެވެ.

މުއިއްޒުގެ ޓްވީޓުގައި މިފަދައިން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ އަދީބާއި ޒިޔަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ނަމަވެސް އެ ދެމީހުން ތިބީ ގޭގައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވީ ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.

އެމަނިކުފާނު މާފުށީ ޖަލުގައި ބަންދުގައި ހުންނެވިއިރު، އިދިކޮޅު ކޯލިޝަނުން މިރޭ ވަނީ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، އަޑު އުފުލައިފައެވެ.