ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މަޝްރޫއުގެ އަގަކީ އެގާރަ މިލިއަން ނުވަލައްކަ ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ ސަތާރަ ލާރިއެވެ.
މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 06 މާޗް 2023 އެވެ.