ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

Ads by Asuru

ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މުޅި މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

އަދި އެއާޕޯޓް ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން މަސައްކަތްތަކުގެ 93 ޕަސެންޓްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކުރުމާއި ފަޔާ ބިލްޑިން އެއް އިމާރާތްކުރުމާއި ޓާމިނަލް ބިލްޑިން އެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.