މިދިޔަ އޮގަސްޓް މަހު އަނިޔާވެރި ގޮތަކަށް މާލޭގައި ޝިއާއު މުހައްމަދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

Ads by Asuru

ޝާހިލް، 23، ގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެކެވެ.

އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި ޝިއާގެ ބައެއް ގުނަވަންތައް ވެސް ބުރިކޮށް އަނިޔާވެރިކޮށް މަރާލި މައްސަލާގައި ޝާހިލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.

ޝިއާ، 22، އަކީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން ޝިއާގެ މަރުގައި ޝާހިލް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށެވެ.