އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމު ޖަލުން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމަށް އެ ކޯލިޝަނުގެ ސެނެޓުން ފާސްކުރައްވައިފިއެވެ.

Ads by Asuru

އިދިކޮޅު ކޯލިޝަނުގެ ސެނެޓުން މި ޤަރާރު ފާސްކުރައްވައިފައިވަނީ، މީރުމާ ހޮޓަލުގައި ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން، ރޭ ބޭއްވެވި ކުއްލި ބައްދަލުވުމެއްގައެވެ.

ޤަރާރު ފާސްކުރައްވައިފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 ސެނެޓަރުންގެ ތާއީދާ އެކުގައެވެ.

މި ޤަރާރުގައި ވާގޮތުން، ކްރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ އިސްލާމީ ޝަރީޢަތާ ޤާނޫނުތަކާވެސް ޚިލާފަށެވެ.

އަދި މިއީ އެމަނިކުފާނުގެ ޢަދާވާތްތެރިން ބޭނުންކޮށްގެން އިއްވި ފާސިޤު ޙުކުމެއް ކަމަށްވެސް ޤަރާރުގައިވެއެވެ.