ތިން ފަހަރު ވޯލްޑްކަޕްގެ ތަށި އުފުލާލުމުގެ ރެކޯޑު އޮތް، ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނު ޕެލޭ މަރުވެއްޖެއެވެ.

Ads by Asuru

ޕެލޭ ،82، މަރުވީ ބްރެޒިލްގެ ވެރިރަށް ސައޮޕާލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުގައެވެ.

ޕެލޭ މަރުވިއިރު މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ދިޔައީ ފަރުވާ ދެމުންނެވެ.

ކެންސަރުގެ ސަބަބުން ޕެލޭގެ ހުރިހާ ގުނަވަންތަކެއް ފެއިލް ވިއެވެ.

އޭނާގެ މަރާ ގުޅިގެން ބްރެޒިލްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޕެލޭ މަރުވުމާ ގުޅިގެން މުޅި ގައުމުގައި ގައުމީ ހިތާމައިގެ ގޮތުގައި މިއަދުން ފެށިގެން ތިން ދުވަސް ކަނޑައަޅާ ކަމަށެވެ.

ޕެލޭ މަރުވުމާ ގުޅިގެން މުޅި ފުޓްބޯޅައިގެ އާއިލާ އާއި ދުނިޔޭގެ ތަފާތު އެކި ޝަހުސިއްޔަތުތަކުން އަންނަނީ ހިތާމަ ފާޅުކޮށް މެސެޖްތައް ފޮނުވަމުންނެވެ.