ނިމިގެން ދިޔަ 2022 ވަނަ އަހަރުގައި ދިވެހީންނަށް ހޯދުނު ކާމިޔާބިތަކާމެދުގައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

މި ފެށުނު އާ އަހަރުގެ ހެޔޮ އެދުންތައް ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، މި އަހަރު ދިވެހީންނަށް ފާގަތި އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

”ހުރިހާ ދިވެހިންނަށް އުފާވެރި، ދުޅަހެޔޮ އަދި ފާގަތި އަހަރަކަށް އެދެން.“ ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު، އާ އަހަރު ފާހަގަ ކުރުމަށް އެމަނިކުފާނު އަނބިކަނބަލުންނާއެކުގައި ހުންނެވީ ސްރީލަންކާގައެވެ.