ފެށިގެން މިދިޔަ އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން، ޓެކްސް ބޮޑުވެ، އިންފްލޭޝަންވެސް މައްޗަށް ދިޔުމަކީ ރައްޔިތުންނަށް ދިމާވާނެ އިތުރު ތަކްލީފެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ.

Ads by Asuru

ޖީއެސްޓީ ނުވަތަ މުދަލާއި ހިދުމަތުން ނެގޭ ޓެކްސް އަދި ޓީޖީއެސްޓީ ނުވަތަ ޓުއަރިޒަމް ވިޔަފާރިތަކުގެ މުދަލާއި ޙިދުމަތުން ނެގޭ ޓެކްސް އަށް ސަރުކާރުން މިވަނީ އިތުރު ކޮށްފައެވެ. އެގޮތުން ޖީއެސްޓީ %6 އިން %8 އިންސަތައަށް އިތުރުވީއިރު،  ޓީޖީއެސްޓީ %12 އިން %16 އަށް ވަނީ އިތުރު ކޮށްފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންވެސް، އަދި އެމްޑީޕީގެ ތެރެއިންވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ރައީސް ނަޝީދު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، މި އަހަރަކީ އުއްމީދާއި ގޮންޖެހުންތަކުން ފުރިގެންވާ އަހަރެއް ކަމަށެވެ.

އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުން އިތުރުވަމުން އަންނަކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވަނީ މިއަހަރަކީ، ދިވެހީންނަށް ކަންކަން ބަދަލު ކުރެވޭނެ އަހަރަަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

\