ރާއްޖޭގައި މިއުޒިކް ކުޅެ، އަޑުއަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެެއެވެ.

Ads by Asuru

މިއުޒިކް ކުޅެ އަޑު އެހުމަކީ ހުއްދަ ކަމެއް ނޫން ކަަމަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވެއެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ، މުފްތީ އިސްމާއީލް މެންކް(މުފްތީ މެންކް)ވެސް ވަނީ މިފަދަ މޭރުމަކުން އެތައް ޕޯޑިއަމެއްގައި ތަޤްރީރު ކުރައްވައިފައެވެ.

މި ފެށުނު އަހަރާ ދިމާކޮށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ ބަލައިލަން، 20،000އާ ގާތް ކުރާ އަދަދަކަށް މީހުން އެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭކަމީ ހަޤީޤަތް ކަމަށާއި، އެ ފުރުސަތު އޮންނަންވާނެ ކަމަށެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި މިއުޒިކް ޝޯ ބޭއްވުމާ ދެކޮޅަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވީ އައު އަހަރެއް ފެށޭތީ ހިފަންޖެހޭ ރޯދައެއް ކުރަންޖެހޭ ނަމާދެއް އަދި ކިޔަންޖެހޭ ދުޢާއެއް ނޯންނަ ކަމަށެވެ.

ހަމައެހެންމެ ބައެއް ފަރާތްތަކުން އާ އަހަރު ފާހަގަކުރަންކަމަށް ބުނެ ބާއްވަން އުޅޭ ނާޗަރަންގީ ޝޯތަކަކީ ބޮޑުވެގެންވާ މުންކަރާތެއް ކަމަށެވެ. އެފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.