މި ފެށުނު އައު އަހަރަކީ ދިވެހީންނަށް މުސީބާތުގެ އަހަރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއަހަރުން ފެށިގެން، ސަރުކާރުން ޓެކްސް ބޮޑު ކުރަން ނިންމެވި ނިންމުމަށް އިޝާރާތް ކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާ އަހަރުގައި ރައްޔިތުންނާ މަރުހަބާ ކިޔަން ޖެހިފައިވަނީ އިތުރުވި ޓެކްސް ކަމަށެވެ.

”ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލި، ފަގީރުކަން އާންމު ވުމަކުން. ކޮންމެ މީހަކަށް ތިން ލައްކައަށް ގާތް ކުރާ އަދަދަކަށް ދަރަނި. މިއީ ދިވެހީންނަށް މުސީބާތުގެ އަހަރެއް.“ ޖަމީލު ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޓެކްސް ބޮޑު ކޮށްފައިވާއިރު، ގިނަ ރައްޔިތުން ދަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހަކީ 16 އިންސައްތަކަމުގައި ކަނޑައަޅުއްވައިފައެވެ.

އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އަކީ 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.