ނިންމުންތައް ނިންމާއިރު ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

Ads by Asuru
އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނީ މި ފެށުނު އަހަރަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ހުރިހާ ރައްޔިތުންވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނައި، ނިންމުންތައް ނިންމާއިރު ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް ވަނީ ގޮވާލާފައެވެ.

އެމްއާރްއެމުން ބުނީ ދުއާއަކީ، ފެށުނު 2023 ވަނަ އަހަރަކީ ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއްކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއިއެކު ދެމި ތިބުމުގެ ތަޢުފީގު ދެއްވައި ދިވެހިންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމުގައެވެ.

އެ ޕާޓީން މިހެން ބުނެފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީތަކުގެ މެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.