ގެއްލިގެން ހޯދަން އިއުލާނުކުރި ދެ މީހުންގެ ތެރެއިން މިއަދު ފެނުނު މުހައްމަދު ނިޒާމު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ވިލިމާލެ އިން ދެ މީހުންނާއެކު ފުރި ތެޔޮ ބޯޓަކުން ގެއްލުނު ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ / މަނާރު، އުމުރުން 45 އަހަރުގެ މުޙައްމަދު ނިޒާމް މިއަދު މާލޭގެ ގެސްޓް ހައުސަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 12:36 ގައެވެ.

އޭގެފަހުން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނިޒާމު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލިގެން ހޯދުމަށް އިއުލާނު ކުރި ދެވަނަ މީހަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަންއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.