އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައްޔަރު ކޮށްފިއެވެ.

Ads by Asuru

ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ސިލްސިލާ ގޮތެއްގައި އެއްވެ، އަޑު އުފުލަމުން ދަނީ އެ ކޯލިޝަނުގެ ލީޑަރު، އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އެދިއެވެ. އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުުކުމެއް އިއްވީ ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

މިރޭގެ އެއްވުމުގެ ތެރެއިން، ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ހައްޔަރު ކުރިއިރު، އެކަމާ ދެކޮޅަށް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ އަތޮޅުވެހި ކައިރިއަށް އެއްވެ، މޭޔަރު މިނިވަން ކުރުމަށް ގޮވާލައިފައެވެ.