ބައެއް ލީޑަރުން ސިޔާސީ ބޭނުމަކަށް ޗައިނާއާ ދިމާލަށް އެއްޗެހި ގޮވާތީ، އެކަން ހުއްޓާލަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Asuru
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ މާކެޓް ހުޅުވި މި މަހު 18 ގައި ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަންނަން ފަށާނެ ކަމަށެވެ.

ޗައިނާގެ ފަތުރުވެރިންނާއެކު ރާއްޖޭގެ އިގްތިސާދަށް އާ ދިރުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އިގްތިސާދީ ކުރިއެރުން ހަލުވި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވަނީ ބައެއް ސިޔާސީ ލީޑަރުން ޗައިނާއާ ދިމާލަށް، ސިޔާސީ ބޭނުމަށް އެއްޗެތި ގޮވުން ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.