މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދިޔަ އަހްމަދު ރިޔާޒް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Asuru

މިކަން އޭނާ ހާމަ ކުރެއްވީ އަމިއްލަ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިފައިވާ އިސްތިއުފާގެ ސިޓީއެއްގައެވެ.

ރިޔާޒުގެ ސިޓީގައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓް ކާނަލްރިޓަޔާޑް މުހައްމަދު ނާޒިމް ގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެ، ކެމްޕެއިނަށް ވަގުތު ދެއްވުމުގެ ގޮތުން މިހާރު ހުންނެވި މަގާމުން އިސްތިއުފާ ދެއްވަވާ ކަމުގައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިންކަމަށް ޝުކުރު އަދާކުރާ ވާހަކަ މި ސިޓީގައީ ވެއެވެ.