ރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިން ފޭބީތޯ، ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުލްލަތީފު ސުވާލު ކުރައްވައިފައެވެ.
އިދިކޮޅު ފަރާތްތަކުން ”އިންޑިއާ އައުޓް“ ކެމްޕެއިން ވަރުގަދަކޮށް ކުރިއަށް ގެންދާއިރު، އިިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގެންނެވި ފަހުން، އެމަނިކުފާނު އިސްކޮށް ހުންނަވައި، މި ހަރަކާތް ވަނީ ފުޅާ ކުރައްވައިފައެެވެ.
ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ، ރައީސް ޔާމީން ”އިންޑިއާ އައުޓް“ ކެމްޕެއިން ކާމިޔާބު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނާ ހެދި ސަރުކާރަށް ގޮތް ހުސްވެއްޖެ ކަމަށެވެ.
ޔާމީންގެ ގެކޮޅުގައި ”އިންޑިއާ އައުޓް“ ބެނާއެއް ދެމި ހިސާބުން އެކަން ހުއްޓުވަން ފަށައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ގަރާރެއް ނެރުމުން އެކަން މާބޮޑަށް ސާފުވެއްޖެ ކަމަށް ވިދާޅުވިއެވެ.
”އިންޑިއާ އައުޓް“ ކެމްޕެއިން ކާމިޔާބު ވެއްޖެ ކަަމަށް އާދަމް ޝަރީފު ވިދާޅުވުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރު ޑރ.އިޔާޒު ވަނީ، އިންޑިއާ ސިފައިން، މިހާރު މި ގައުމުން ފޭބީތޯ ސުވާލު ކުރައްވައިފައެވެ.
ޑރ.އިޔާޒަށް އާދަމް ޝަރީފުވެސް ވަނީ ރައްދު ދެއްވައިފައެވެ.
އެގޮތުން އޭނާ ވިދާޅުވީ، އޭނާ ދެންނެވީ އިންޑިއާ އައުޓް ކެމްޕެއިން ކާމިޔާބު ވާހަކަ ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރައީސް ނެރުއްވި ގަރާރުގެ ސަބަބުން އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކަންބޮޑުވުންފާޅު ކުރެއްވިއެވެ.
އަދި އިންޑިއާ ސިފައިން މި ގައުމުން ބޭލޭނީ، އެންމެން އެކައްޗެއް ކިޔައިގެން ކަމަށާއި، އިޔާޒު އެކަމަށް ތައްޔާރުތޯވެސް އެއްސެވިއެވެ.
Alhugandu dhennevee India Military Out campaign kaamiyaabu vaahaka. E harakaathuge sababbun RJ neruvvi qaraaraa gulhigen Amnesty in nuruhun faalhukuri vaahaka. https://t.co/yx4uNSRCjz adu ahaalaa!
India sifain avahah beyleynee emmen ekachcheh kiyaigen. Dr mikamaa dhekolhuthoa?— Adam Shareef Umar (@Adamshareefz) May 22, 2022