ދުނިޔޭގެ 12 ގައުމަކުން މިހާތަނަށް ފެނިފައިވާ ”މަންކީ ޕޮކްސް“ ބަލި ޖެހޭ މީހުން އެކަހެރި ކުރަން ބެލްޖިއަމުން ނިންމައިފިއެވެ.

Ads by Asuru

ބެލްޖިއަމުން މަންކީ ޕޮކްސްގެ ތިން ކޭސް ވަނީ ފެނިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބެލްޖިއަމްގައި މި ބަލި ޖެހޭ އެންމެން 21 ދުވަހަށް އެކަހެރިވާން މަޖުބޫރުކުރަން ވަނީ ނިންމައިފައެވެ.

އެމެރިކާއާއި ވިލާތުގެ ގައުމުތަކުގައި 100އަށްވުރެ ގިނަ މީހުންނަށްވަނީ މަންކީޕޮކްސް ޖެހިފައެވެ. އެގޮތުން ޔޫކޭއިން 20 މީހަކަށް ބަލި ޖެހިފައިވާއިރު، ސްޕެއިންގެ 50 މީހަކަށް ވަނީ ޖެހިފައެވެ.