އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެެ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގެންފިއެވެ.

Ads by Asuru

އައްޑު އަށް ވަޑައިގަތުމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކައުންސިލަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނެވެ.

ނަޝީދާ އެކު އައްޑު އަށް ވަޑައިގަތް ޓީމުގައި ކުރީގެ ދެ އެޓާނީ ޖެނެރަލުން ކަމަށްވާ ޑރ.މުހައްމަދު މުނައްވަރާއި ދިޔާނާ ސައީދު ހިމެނިވަޑައިގަންނަވައެވެ.

 

ނަޝީދުގެ ދަތުރުގައި، އައްޑޫގެ އެކި އަވަށްތަކަށް ޒިޔާރަތްކުރައްވައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.