ކިޔުންތެރިންނާ މި ހިއްސާ ކޮށްލަނީ، ޗޮކްލެޓް މޫސް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
200 ގްރާމް ޑާކް ކުކިންގް ޗޮކްލެޓް
125 އެމްއެލް (1/2 ޖޯޑު) އެމްބެސެޑަރ ގޯލްޑް ވިޕިންގް އެންޑް ކުކިންގް ކްރީމް
250 އެމްއެލް (1 ޖޯޑު) އެމްބެސެޑަރ ގޯލްޑް ވިޕިންގް އެންޑް ކުކިންގް ކްރީމް
¼ ޖޯޑު އައިސިންގް ޝުގަރ
¼ ސައިސަމުސާ ކޮފީ ޕައުޑަރ
125 އެމްއެލް (1/2 ޖޯޑު) އެމްބެސެޑަރ ގޯލްޑް ވިޕިންގް އެންޑް ކުކިންގް ކްރީމް
1 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޑާކް ކުކިންގް ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކަމަކަށް ޗޮކްލެޓް ކުދިކޮށް ކޮށާލާނީއެވެ. ދެން ކޮށާފަ ހުރި ޗޮކްލެޓު ތަވަޔަކަށްލާ ދިޔާކޮށްލާނީއެވެ. ދިޔާކުރި ޗޮކުލެޓު ފިނިވަންދެން ބަހައްޓާށެވެ.
އެއަށްފަހު ދެން ބިހާ ހަކުރު ތައްޓަކަށް އެޅުމަށްފަހު ގިރާލާށެވެ. ރަނގަޅަށް ގިރާ ނިމުމުން ފިނިކޮށްފަ ބެހެއްޓި ދިޔާކޮށްފަހުރި ޗޮކްލެޓާއި ކޮކޯ ޕައުޑަރު އެއްކޮށް ގިރާލާށެވެ.
ފަސް ވަރަކަށް މިނެޓު ވަންދެން ރަނގަޅަށް ގިރައި ހުރިހާ އެއްޗެއް އެއްވުމުން، ދެން އޭގެ ތެރެއަށް ވިޕްޑް ކުރީމް އަޅައި ގިރާލާށެވެ. އެއަށްފަހު ފުރިޖަށް ލައި ފިނިކޮށްލުމުން މޫސް ތައްޔާރުވީއެވެ.