އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމަށް ޕްލޭނިން މިނިސްޓްރީން ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Asuru

ޕްލޭނިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފޭދޫގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓު މަޝްރޫޢު ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

މި މަސައްކަތް އެސްޖޭއާ ހަވާލުކޮށްފައިވަނީ 121،543،200.00ރުފިޔާ އަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފޭދޫގައި 75 ފްލެޓް އަޅަން ބަޔަކާ ހަވާލުކުރިއިރު ފޭދޫން 1،500 އަކަފޫޓްގެ 300 ގޯތި ދޫކުރަން ދާދިފަހުން އައްޑޫ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.