އުރީދޫގެ އެމްބެސެރަކަށް އައްޑޫގެ ”ޒުވާން ދަނޑުވެރިޔާ“ ހުސައިން ރަމްޒީ ހަމަޖައްސައި އެ ކުންފުނީގެ މި އަހަރުގެ ކަލަންޑަރު މާ ގަސް ހެއްދުމަށް ހާއްސަކޮށްފިއެވެ.

Ads by Asuru
އުރީދޫގެ ”ފެހި ކަލަންޑަރު“ ލޯންޗްކުރަން ބޭއްވި ހަފުލާގައި ރަމްޒީ އަށް ވަނީ ރަސްމީކޮށް އެމްބެސެޑަރުކަން ހަވާލުކޮށްފައެވެ.

އޭނާ އަކީ މިހާރު ވަރަށް ޒަމާނީ އަދި ވަރަށް ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ ނަމޫނާ ދަނޑުވެރިއެކެވެ.

މީދު އަށް ނިސްބަތްވާ ރަމްޒީ އަންނަނީ ދަނޑުވެރިކަން ކުރަމުން އެ ދާއިރާ އިން ތަޖުރިބާތައް ވެސް ކުރަމުން އަދި ދަނޑުވެރިކަމަށް ހޭލުންތެރިކަން އުފެއްދުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

އޭނަ އަކީ މި ވަގުތު ދަނޑުވެރިކަމުގެ ދާއިރާ އިން ރާއްޖޭން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.