މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ބްރޯޑްކޮމްގެ މެންބަރުންގެ ތެރެއިން މަގާމުގެ މުއްދަތު ހަމަވަނީ މެންބަރު އަމްޖަދު ވަހީދުގެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ފަހެއް އަދި ހަވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30އަށް ރައީސް އޮފީހުން ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުން އަހުމަދު ގައިސް ވަނީ މީގެ އިސްތިއުފާ ދެއްވާފައެވެ.

ގައިސް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭންގައި ބައިވެރިވުމަށެވެ.