ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމު ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

Ads by Asuru

މިއަދު ނައްތައިލީ މިދިޔަ އަހަރުގެ އަހަރުގެ ޖެނިއަރީ 4 އިން މި މަހުގެ 4 ދާލު އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓުން އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރަލެވެ.

އޭގެ ތެރޭގައި ހިމެނެނީ 265 ފުޅި ބަނގުރަލާއި 899 ދަޅު ބަނގުރަލެވެ.

މި ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.