މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނަ މަސް ކަމުގައިވާ ސެޕްޓެމްބަރު މަހުގައި ޝަންގްރިއްލާ ހުޅުވޭތޯ ބަލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

މާދަމާ ބާއްވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ނިންމާލުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވޮ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މި އަހަރުގެ އޮގަސްޓު ސެޕްޓެމްބަރު ހިސާބުގައި ޝަންގްރިއްލާ ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ނިންމަންޖެހޭ ހުރިހާ ކަމެއް މިހާރު ނިންމާފައިވާކަމަށެވެ.

ޝަންގްރިއްލާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮންނަ ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވިއްކާލަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން އެ ރިސޯޓު ހިންގާ ފަރާތަށް އެކަން އަންގައިފައިވާނެކަމަށާއި ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރުމާއި މެދު އެއް މަސް ތެރޭގައި އެބޭފުޅުން ގޮތެއް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

”ޝަންގްރިއްލާގަ އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެތަނުގެ ވެރިންނަށް އޅުގަނޑުމެން ވާނީ އެކަން އަންގާފަ. އަދި އެއް މަސް ދުވަހުގެ ތެރޭ ޑިސިޝަނެއް ނަގާ މިއަހަރުގެ އޮގަސްޓް ސެޕްޓެމްބަރު ހިސާބުގަ ރިސޯޓު ހުޅުވިގެން ދާނެ،“ ރައީސް ސޯލިހު ވިދާޅުވިއެވެ.