ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި އަންނަ މަހުގެ 10 ގައި ހުޅުވަން ނިންމައިފިއެވެ.

Ads by Asuru

އެތަން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަމުން އަންނަ އިރު، މޯގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އެ ރަށުގެ ހިތްގައިމުކަން ފޮޓޯތަކާއި ވީޑިއޯއަކުން ދައްކާލައިފިއެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރި ކުޑަގިރި އަކީ މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ހެދި ރަށެކެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރު އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރީތައްވެފައިވާ އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް މި ރަށުން ލިބެން ހުންނާނެއެވެ.

ކުޑަގިރި އެންމެ ފުރަތަމަ ހުޅުވަން ޕްލޭންކުރީ މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޖުލައި 26 ގައެވެ. އެކަމަކު ތައްޔާރީތައް ދިގުލައިގެން ދިއުމުން ހުޅުވަން މި އަހަރަށް ފަސްކުރީއެވެ.