އަންނަ ފެބުރުއަރީމަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

Ads by Asuru
ރައީސް އޮފީހުން ބުނީ ފެބުރުއަރީމަހުގެ 06 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ކަނޑައެޅުއްވީ ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީ ކަމަށެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ 21 ގައި ސަރުކާރުން ވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފައެވެ.

އަންނަ ހޯމަ ދުވަހު ރައީސް އިއްވަވާނީ މި ދައުރުގެ ފަހު ރިޔާސީ ބަޔާނެވެ.