މެދު ސައިޒްގެ ފޭރެއްގައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ 20 ޕަސެންޓު ޕޮޓޭސިއަމް އެކުލެވިގެންވެެއެވެ.

Ads by Asuru

ޕޮޓޭސިއަމްއަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހިތުގެ ވިންދުޖެހުން އެއް ހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވިގެންވާ ފޭރަކީ އަރިދަފުސް ރޯގާ އަދި އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ މޭވާއެކެވެ.

ރަނގަޅަށް ދޮންވެ ފައްކާވެފައިވާ ފޭރުގެ ފަނި އަދި ފޭރުފަތަކީ ކެއްސުން މަދު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންވާ ކެއުމެއްގައި ހުންނަންޖެހޭ މުހިންމު މާއްދާތައް ފޭރުގައި ހުރެއެވެ.

އެގޮތުން، ފޭރުގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިންތައް އަދި ފައިބަރު އެކުލެވިގެންވެއެވެ. ފޭރުގައި ސަރުބީ އެކުލެވިގެން ނުވާއިރު، ކާބޯހައިޑްރޭޓް އެކުލެވިގެން ވަނީ މަދު މިންވަރަކަށެވެ.

މެންދުރު ކެއުމުގައި މެދު ސައިޒުގެ ފޭރެއް ބޭނުންކުރުމުން، ރޭގަނޑު ކެއުމާ ހަމައަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބިގެންދާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އަދި އޮރެންޖް، އާފަލު ފަދަ މޭވާތަކާ އަޅާބަލާއިރު، ފޭރުގައި ހަކުރު އެކުލެވިގެންވަނީ މަދު މިންވަރަކަށެވެ.