ބިމުގެ ކުލީގެ ގޮތުގައި ސްޓެލްކޯއިން 68 މިލިއަން ރުފިޔާ ދައްކަން ޖެހޭ މާލެ ސިޓީ ކައުންސިލް އަށް ދައްކަންޖެހޭ ކަަމަށް އެކައުންސިލުން ބުނެފިއެވެ.

Ads by Asuru

މާލޭސިޓީ ކައުންސިލުން ކަރަންޓް ބިލު ނުދައްކާ ކަމަށް ބުނެ، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ތަންތަނުން ސްޓެލްކޯއިން ކަރަންޓް ކަނޑާލުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސިޓީ ކައުންސިލަށް ވަނީ އަމާޒުވަފެއެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކަރަންޓް ބިލު ތަކަށް، 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 31 ޑިސެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް -/10,660,604/99 ރުފިޔާ ސްޓެލްކޯއަށް ދައްކާފައިވާ ކަމަށެވެ.

އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯއަށް ނުދެއްކި ވަނީ -/16,519,796 ރުފިޔާ ކަމަށެވެ.