ބ.ކެންދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ނިންމާލައިފިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހިންގި ޕްރޮގްރާމެކެވެ.

މިމަހުގެ އެއް ވަނަ ދުވަހުގައި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ސަލީމެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ޕްރޮގްރާމަކީ ކެންދޫގެ ރަށު ކައުންސިލާއި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު، ޖަނަވަރީ 25 އިން ފެބުރުވަރީ އެކަކަށް ހިންގި ޕޮރޮގްރާމެއް ކަމަށެވެ.

އަދި އެ ރަށުން 14 ފަރާތަކުން މި ޕްރޮގްރާމުގައި ބައިވެރިވިވެފައިވާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.