އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން މޯލްޑިވްސް އިން ވިއްކާ ސްކޫޕީ ސައިކަލެއް ގަންނަ ނަމަ، ހާއްސަ ޑިސްކައުންޓެއް ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

Ads by Asuru
އުރީދޫން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ކިންގްސްޓަން ޝޯރޫމުން ވިއްކާ ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް ފައިސާ ދައްކާ ނަމަ، 11،899 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި އޮފާގެ ދަށުން ގަންނަ ސައިކަލް ކަސްޓަމަރުނަނަށް 99 ދުވަސް ތެރޭ ކިންގްސްޓަން އިން ޑެލިވާ ކޮށްދޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން ސްކޫޕީ ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.

އެ ޕްރޮމޯޝަނުގެ ދަށުން 14 މެއި 2023 ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

އެމް-ފައިސާ ވޮލެޓަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ނަގުދު ފައިސާއިން ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އަދި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.