ދަތުރު ދިޔުމަށް ޚާއްސަ ރަށް ”ކުޑަގިރި“ މިއަދު ހުޅުވާނެއެވެ.

Ads by Asuru

އެތަން ހުޅުވަން ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ރަށް މިއަދު ހުޅުވަން ނިންމައި، ފުރަތަމަ ދުވަހަށް ބުކިންސް އަށް ބުރާސްފަތި ދުވަހު ހުޅުވާމާއެކުގައި، 300 ޖާގަ ވަނީ ފުލްވެފައެވެ. ޖާގަތައް ފުލްވީ އެންމެ ފަސް ގަޑިއިރުގެ ތެރޭގައެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެއް ވައުދެވެ.

ކުރިން މާލޭގެ ރައްޔިތުން ދަތުރު ދާން އެންމެ އާންމުކޮށް ބޭނުންކުރި ކުޑަަ ބަނޑޮސް ވަނީ ރިސޯޓަކަށް ހަދައިފައެވެ. އަދި ފޭދޫފިނޮޅުގައި ވެސް މިހާރު ގެންދަނީ ރިސޯޓެއް ތަަރަައްގީކުރަަމުންނެވެ. އެހެންކަމުން ކުރިންސުރެ މާލޭ ރައްޔިތުން ދަތުރު ދިޔަ ރަށްރަށް މިހާރު އާންމު ބޭނުންތަކަށް ލިބޭކަށް ނެތެވެ.