ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސައިފި އެވެ.

Ads by Asuru
ޖޭޕީން ބުނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނިހާނަށް އެޑްވައިޒަރުކަމުގެ ލިޔުން ދެއްވީ ގާސިމް ކަމަށެވެ.

ނިހާން އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. ޕީޕީއެމް ދޫކޮށް ނިހާން ފަހުން ޕީއެންސީ އަށް ސޮއިކުރިއިރު ޔާމީންގެ ވެރިކަން ބަދަލުވުމުން ނިހާން ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފައެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ނިހާން ކުރިމަތިލެއްވިއެވެ. ނަމަވެސް އެ އިންތިހާބުން ބޮޑު ތަފާތަކުން ނިހާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.